ދިވެހިރާއްޖެ
އިޢުލާން
(IUL)203-EIARES/1/2018/20ނަންބަރު:
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) ގެ 15 ވަނަ މާއްދާއަށް ގެނެވުނު އިސްލާހާ ގުޅޭ
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙު 20 ޑިސެމްބަރު 2018 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބުރާޙީމް މުޙައްމަދު ޞާލިޙު ވަނީ ތަޞްދީޤުކޮށްދެއްވާފައެވެ. މި އިސްލާޙުގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރަންވާނީ، ޤާނޫނު ނަންބަރު 93/4 "ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" އަދި ތިމާވެށްޓާބެހޭ ވުޒާރާއިން އެކުލަވާލާ މިއޭޖެންސީއިން ތަންފީޛުކުރަމުންދާ "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުހެދުމާ ބެހޭ ގަވާއިދު 2012" އާއިި އެއްގޮތްވާ ގޮތުގެމަތީންނެވެ. ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.
23 ޑިސެމްބަރ 2018