އިސްދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލް ގްރޭޑް 6 ގެ ކުލާސް ރޫމުގެ އަސްކަނި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

            މި ސްކޫލް ގްރޭޑް 6 ގެ ކުލާސް ރޫމުގެ އަސްކަނި މަރާމާތުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

     މި ސްކޫލް ގްރޭޑް 6 ގެ ކުލާސް ރޫމްގެ ދެކުނު ކޮޅުބިތް އަދި އެ ކުލާސް ރޫމްގެ ދެކޮޅު އަސްކަނި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

     ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) 02 ޖެނުއަރީ 2019ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން ނަން ނޯޓް ކުރައްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 08 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބުހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ނަން ނޯޓް ކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ވަޑައިގެން  ނަން ނޯޓް ކުރާ ފަރާތްތަކަށެވެ.

     އަންދާސީ ހިސާބު ހުށަހަޅުއްވަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެބޭފުޅަކު ފޮނުއްވި ފަރާތުގެ ލިޔުމަކާއި، ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

* އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6800562 ނަންބަރު ފޯނަށެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ރަބީލްއާޚިރު 1440

24 ޑިސެންބަރު 2018

24 ޑިސެންބަރު 2018
ހޯދާ