މުސާރަ:
|
މަހަކު -/5،780 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4،624 ރުފިޔާ)
|
އެހެނިހެން އިނާޔަތްތައް:
|
5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ޝަރުތު:
|
- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެގުން.
- ކޯސްޓަލް ނެވިގޭޝަން (ކްލާސް 5)ގެ އެންޑޯޒް ކޮށްފައިވާ ސެޓްފިކެޓް ލިބިފައިވުން.
-ކަނޑުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ A,B,C,D އޮތުން.
- ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާ ތަނަކުން ކުރޫ ކޯސް/ނިޔަމި ކޯސް ފުރިހަމަ ކޮށްފައިވުން.
- ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.
-ދަތުރު ކުރުމުގައި ގިނަވަގުތު އުޅެވޭ މީހެއް ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- އައިލެންޑް ބިލްޑަރގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.
- ދިވެހި ރާއްޖޭގެ ކަނޑުމަތީ އުޅަނދު ފަހަރަށް ހެދިފައިވާ ޤާނޫން އަދި ކުންފުނީގެ އުޞޫލު ތަކާއި އެއްގޮތުގެ އައިލެންޑް ބިލްޑަރ ދުއްވުމާއި، މަސައްކަތުގައި އުޅޭ އިރު ރައްކާތެރިކަމާއި ދުއްވުން.
- އައިލެންޑް ބިލްޑަރ ސާފުތާޙިރުކޮށް ބެލެހެއްޓުން.
-އައިލެންޑް ބިލްޑަރގައި ކުރެވޭ ހުރިހާ ދަތުރުތަކުގެ ލޮގް އެ ދަތުރެއް ނިމުމުން ލިޔެ،ލޮގްފޮތް ޤަވާއިދުން ބެލެހެއްޓުން
- އައިލެންޑް ބިލްޑަރގެ ދަތުރުކުރުމުގެ ތެރޭގައި އާއި އަދި އެނޫންވެސް ގޮތަކުން އައިލެންޑް ބިލްޑަރަށް ދިމާވާ މައްސަލައެއް ނުވަތަ އެކްސިޑެންޓް ވަގުތުން ރިޕޯޓްކުރުން.
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)
|
މަސައްކަތްކުރަންޖެހޭ ތަން:
|
ލޮޖިސްޓިކްސް ޑިޕާޓްމަންޓް (އައިލެންޑް ބިލްޑަރ) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ސުންގަޑި:
|
2018 ޑިސެމްބަރ 27ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
ހުށަހަޅަންޖެހޭ އޮފީސް:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293
އީމެއިލް: hr@port.mv
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
- ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|