ދިވެހިރާއްޖެ
ނަންބަރު: 135/2018
އިޢުލާން
02 ކޮޓަރީގެ އެޕާރޓްމަންޓެއް ހޯދުން
މިމަދަރުސާގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި 02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
| ތަފްސީލް | ތަން | ތާރީޚް | ދުވަސް | ގަޑި | 
| މައުލޫމާތުދިނުމުގެ ސެޝަން | ތ.އަތޮޅުމަދަރުސާ | 30ޑިސެމްބަރ 2018 | އާދިއްތަ | 10.30 | 
| އަންދާސީހިސާބު ހުށަހެޅުން | ތ.އަތޮޅުމަދަރުސާ | 07 ޖެނުއަރީ 2019 | ހޯމަ | 10.30 | 
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
16 ރަބީޢުލްއާޚިރު 1440
23 ޑިސެމްބަރ 2018
 
                    