އއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:

             2019 ވަނަ އަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.    

             މިހާރު އަމަލުކުރަމުންދާ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަ މަސައްކަތް ކްންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ޤަވައިދުން ވިޔަފާރި ރަޖިސްޓްރީކުރަންޖެހޭތީ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރިމަތިލެވޭނީ ޤަވައިދުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 06 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ދުރުވެ ދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބެލެހެއްޓުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީ ކާޑު ގެންނެވުންއެދެމެވެ. އަދި ބަދަލުގައި ފަރާތެއް ފޮނުއްވާނަމަ، ފޮނުއްވަވާ ފަރާތުގެ ސިޓީއަކާއި، ބައްދަލުވުމަށް ހާޒިރުވާފަރާތުގެ އައިޑީ ކާޑު ގެންނެވުންއެދެމެވެ.

                     16 ރަބީޢުލްއާޚިރު  1440

                        23 ޑިސެމްބަރ    2018

23 ޑިސެންބަރު 2018
ހޯދާ