ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކުނިގޮޑަށް ކުނި ޖަމާކޮށް ، ޖަމާވާކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެއްނެވިފައިވާ ތާރީޚްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފްކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް |
ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް |
27 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި |
30 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ " ފޯމުންނެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގައްނަވާ ފަރާތްތަކަށް ފޯމް ދޫކުރެވޭނެއެވެ . މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގައްނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ . އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ވާނެއެވެ . އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.