މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 8 މަސްދޯނި އިނިސްޕެކްޓް ކުރުމާއި ގުޅޭ

c

 

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

       ކޮޅުފުށި                                          

     ދިވެހިރާއްޖެ                 ދިވެހިރާއްޖެ     ނަމްބަރ (IUL)367-prs/367/2018/42

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

              މ.ކޮޅުފުށީ ރައްޔިތުންގެ ރަޖިސްޓަރީ ނަމްބަރ G1454B-01-07-K މަސްދޯނި "ދުރުރާސްތާ8" ދޯންޏާއި ދޯނީގައިވާ އިންޖީނާއި، ދޯނީގައިވާ އެންމެހައި ތަކެތީގެ ހާލަތު ދެނެގަނެ އިނިސްޕެކްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

              މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 26 ޑިސެމްބަރ 2018 ދުވަހު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މިބައްދަލުވުމަށް ވަޑައިގަތުމަށް ޢުޒުރު ވެރިވެލައްވާ ފަރާތްތަކުންވެސް 26 ޑިސެމްބަރ 2018 ދުވަހުގެ 11:00 ގެ ކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6720606 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށްފަހު 31 ޑިސެމްބަރ 2018 ދުވަހުގެ 11:00 ކުރިން އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

             ވީމާ، ޔަންމާ އިންޖީނަށް ދިމާވާ ހުރިހާ މަސަލަތައް ދެނެގަނެ ޙައްލުކުރުމުގެ ޤާބިލްކަމާއި ތަޖުރިބާ ހުރި މަތީތަޢުލީމް ޙާސިލްކޮށްފައިވާ ފަރާތްތަކާއި، ފައިބަރު މަސައްކަތްކުރާ އަދި އެކަމުގެ މަޢުލޫމާތާއި ތަޖުރިބާ ހުރިފަރާތްތަކުން އެކަން ކަށަވަރު ކޮށްދިނުމާއިއެކު މިއިދަރާ އަށް ހުށަހެޅުމަށް ދަންނަވަމެވެ.

             16 ރަބިއުލްއާހިރާ  1440

             23 ޑިސެމްބަރ    2018 

23 ޑިސެންބަރު 2018
ހޯދާ