ދިވެހިރާއްޖެ
އިޢުލާން
ގދ.އަތޮޅު މަދަރުސާގެ ކެމްޕަހުގެ އެސެބްލީހޯލުގައި ސަންނެޓް ދެމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ވިޔަފާރީގެ އުޞޫލުން އަމިއްލަ ތަކެތީގައި މި މަދަރުސާގެ ކެމްޕަހުގެ އެސެބްލީހޯލުގައި ސަންނެޓް ދެމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މަދަރުސާއިން ކުރި އިޢުލާން ނަންބަރު (IUL)GS-30/GS-30/2018/42 އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވަތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.
| އައިޓަމް/ތަފްޞީލު | ތާރީޚް | ދުވަސް | ގަޑި | ތަން | 
| މަޢުލޫމާތު ސާފުކުރެއްވުން | 25-12-2018 | އަންގާރަ | 13:00 | ގދ.އަތޮޅު މަދަރުސާ އެ އޮފީސް | 
| އަންދާސީ ހިސާބު ހުށަހެޅުއްވުން | 30-12-2018 | އާދީއްތަ | 10:00 | ގދ.އަތޮޅު މަދަރުސާ ގެ އޮފީސް | 
 
                    