ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2018/122
އިޢުލާން
800 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓެެއް ގަތުމާއި ގުޅޭ:
މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 800 ކިލޯ ވޯޓްގެ 01 (އެކެއް) ޖަނެރޭޓަރ ސެޓް ގަންނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.fenaka.com.mv އިންވެސް މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
09 ރަބީއުލް ޢާހިރު 1440
20 ޑިސެމްބަރ 2018
