ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގައި ކުރަންހުރި މަރާމާތާގުޅޭ

ނަމްބަރ:(IUL)372-A1/372/2018/26

 

އިޢުލާން

ފ.މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގައި ކުރަންހުރި މަރާމާތާގުޅޭ

 

           ފ.މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގެ މަރާމާތުގެ މަސައްކަތް މިކައުންސިލުން އަންގާ ގޮތެއްގެމަތީން އަމިއްލަ ތަކެތީގައި ކޮށްދޭނޭ އަންދާސީ ހިސާބެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެންބަރ 26 ވާ ބުދަ ދުވަހުގެ 13:30 މި ޢިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޖަނަވަރީ 02 ވަނަދުވަހު 13:45 އަށް މިޢިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފާރާތްތަކަށެވެ. މަޢުލޫމާތު ކަރުދާސް 2018 ޑިސެންބަރ 23 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިތަކުގައި މިޢިދާރާއިން ލިބެންހުންނާނެއެވެ. އަގަކީ -/100 ރުފިޔާއެވެ.

           އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

13 ރަބީޢުލްއާޚިރު 1440

20 ޑިސެންބަރ 2018

 

20 ޑިސެންބަރު 2018
ހޯދާ