ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިމަދަރުސާގެ ހޯލް އިމާރާތުގެ އަސްކަނި ސީލިންގްކޮށް، ޕާޓިޝަންތަކާއި ދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމަދަރުސާގެ ނަމްބަރ: GS 33/2016/20 އިޢުލާނާއި، ގުޅިގެން އެންމެ ފަރާތެއް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަތުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
24 ޑިސެންބަރު 2018 ވަނަ ދުވަހުގެ 13:30 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން. |
27 ޑިސެންބަރު 2018 ވަނަ ދުވަހުގެ 13.30 އަށް ސްކޫލްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން. |
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވިދާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް މިސްކޫލުން ދޫކުރާފޯމެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތުސާފުކުރައްވާފައިވާ ފަރާތްތަކުގެނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައިހުށަހަޅުއްވާ އަންދާސީހިސާބު ބާތިލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެއަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯން ނަމްބަރ 6600034 ނުވަތަ 9131755
20 ޑިސެންބަރު 2018މ.