ދިވެހިރާއްޖެ
ނައިފަރުގައި އަމިއްލަ ތަކެތީގައި 14 މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ މިއިދާރާގެ ނަންބަރު(IUL)327-C/327/2018/122އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ. ވީމާ، ކޮންޓްރެކްޓް އުޞޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓް ބައްލަވައިގަތުމަށްފަހު ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއީ މިމަސައްކަތް އިޢުލާންކުރެވޭ 3 ވަނަ ފަހަރު ކަމުގައިވާތީ އެންމެ ފަރާތަކުން ބިޑް ހުށަހެޅި ކަމުގައިވިޔަސް ހުށަހަޅާ އަގު އެކަށީގެންވާނަމަ މަސައްކަތްކުރުމަށް ހަވާލުކުރެވޭނެއެވެ. ޕްރީބިޑް މީޓިންގގައި ބައިވެރި ނުވާ ފަރާތްތަކުން ހުށަހަޅާ ބިޑް ޤަބޫލެއް ނުކުރެވޭނެއެވެ. |
ބިޑް ޑޮކިޔުމެންޓްސް ވިއްކުން. ބިޑް ގަންނަން ޑޮކިއުމެންޓް ލިބެން ހުންނާނީ 19 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން 23 ޑިސެމްބަރ 2018 ވަނަ ދުވަހަށް ކޮންމެ ރަސްމީ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުންންނެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ. ކުރިން ބިޑް ގަނެފައިވާ ފަރާތްތަކުން މިއިޢުލާނާއި ގުޅިގެން ބިޑް އަލުން ގަންނާކަށް ނުޖެހޭނެއެވެ. ޕްރީބިޑް މީޓިންގއަށް ޙާޟިރުވުމުން ބިޑް ޑޮކިއުމެންޓް އަލުން ފޯރުކޮށްދެވޭނެއެވެ. |
ޕްރީބިޑް މީޓިންގ 23 ޑިސެމްބަރ 2018 (އާދީއްތަ) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި ( ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނެވުން އެދެމެވެ. ) |
ބިޑް އޯޕަން މީޓިންގ 26 ޑިސެމްބަރ 2018 (ބުދަ) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި |