ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު 2019

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. 2019 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިގަތުމަށްޓަކައި ކުރަންޖެހޭ މަރާމާތުތައް ކޮށް ދޭނެ ފަރާތެއް ހޯދުމަށް މިސްކޫލްގެ ނަންބަރު (GS-107/2018/18) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3 ފަރާތުން ހާޟިރުވެފައި ނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެންބަރު 20 އިން 2018 ޑިސެންބަރު 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެންބަރު 31 ވާ ހޯމަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯކައިދޫ ސްކޫލް

ށ.ފޯކައިދޫ

ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.

ފޯން: 6540542

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް: -

 

  13 ރަބީޢުލްއާޚިރް 1440

  20ޑިސެންބަރު 2018

20 ޑިސެންބަރު 2018
ހޯދާ