ދިވެހިރާއްޖެ
އިޢުލާން
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ:
މި ސްކޫލްގެ ނަންބަރު: GS-89/IUL/2018/45 (2018 ޑިސެމްބަރު 12) އިޢުލާން އަށް 3 ފަރާތަކުން އިޖާބަދެއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން |
އެސްޓިމޭޓް ހުށައެޅުން |
2018 ޑިސެމްބަރ 30 ވާ އާދީއްތަ ދުވަހުގެ 10:30 އަށް. |
2019 ޖެނުއަރީ 2 ވާ ބުދަ ދުވަހުގެ 10:30 އަށް. |
ނޮޅިވަރަންފަރު ސްކޫލްގައި |
ނޮޅިވަރަންފަރު ސްކޫލްގައި |