ދިވެހިރާއްޖެ
ނަންބަރު: IUL)425-B6/1/2018/24)
އިޢުލާން
މާލޭސިޓީގައި ޢިމާރާތްތަކުގެ އިމުން ބޭރުން ޢިމާރާތުގެ މައްޗަށް އެއްޗެހިނެގުން ވަގުތީ ގޮތުން މަނާ ކުރުން
މާލޭ ސިޓީގައި ކުންފުނިތަކަށް ކޮންސްޓްރަކްޝަން ހުއްދަދޭއިރު ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޢިމާރާތްތަކުގެ މައްޗަށް މަގުމަތިން އިމުން ބޭރުން އެއްވެސް އެއްޗެއް ވާޖަހައިގެން ނެގުން ވަގުތީގޮތުން މަނާ ކަމެއްކަމަށް މާލޭސިޓީކައުންސިލްގެ ނަންބަރު 10/CK-03/2018 (16 ޑިސެމްބަރ 2018) ޖަލްސާއިން ވަނީ ނިންމަވާފައެވެ. އަދި މިފަދަ ގޮތަކަށް ކޮންމެހެން ނަގަންޖެހޭ އެއްޗެއްނަމަ މާލޭ ސިޓީކައުންސިލްގެ ހުއްދަ ނެންގެވުމަށްފަހު، ސްޕަވައިޒަރުން އެ ސައިޓެއް ޗެކް ކުރުމުން ނޫނީ އެފަދަ މަސައްކަތެއް ނުކުރެވޭނެއެވެ. ވީމާ މިއަދުން ފެށިގެން މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 ރަބީޢުލްއާޚިރު 1440ހ.