މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅެން ހަދަން ދަސްކޮށްދޭ ކޯހާއި ގުޅޭ

2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް މިރަށުގައި ފާހަގަކުރުމަށް ހަމަޖެހުމާއި ގުޅިގެން، މިކައުންސިލް އިދާރާއާއި

ދިވެހިބަހުގެ އެކެޑަމީއާއި ގުޅިގެން ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯހެއް މިރަށުގައި ހިންގުމަށް  ވަނީ ހަމަޖެހިފައެވެ.

މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 10 ޖަނަވަރީ 2019  ވަނަ ދުވަހުން ފެށިގެން 04 ( ހަތަރު ) ދުވަހުގެ

މުއްދަތަށެވެ. މި ކޯސް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

     މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު  މި  އަތޮޅުގެ ހުރިހާ ރަށްރަށެއްގެ  ބޭފުޅުންނަށް ހުޅުވާލަމެވެ.

ވީމާ، ކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެރަށެއްގެ ރަށުކައުންސިލް އިދާރާގައި

31 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ނަންނޯޓް ކުރެއްވުންއެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމަތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު 6580028 އަށް ގުޅުއްވުންއެދެމެވެ.

     

05 ޑިސެންބަރު 2018
ހޯދާ