ދިވެހިރާއްޖެ
`
ނަންބަރ: IUL-248-ESMSMS/248/2018/104
އިޢުލާން
" ޒުވާނުންގެ ދަތުރު 2018 " 29 ޑިސެންބަރު 2018 ގައި ކުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގައި 16 އަހަރުން މަތީގެ ދެޖިންސުގެ ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް 18 އަހަރު ނުފުރޭ 16 އަހަރުން ދަށުގެ ކުދިން ދަތުރުގައި ބައިވެރިވާނަމަ އެކުއްޖާގެ ބެލެނިވެރިޔަކު ބައިވެރިވާން ޖެހޭނެއެވެ.
މިދަތުރުގެ ބޭނުމަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތިމާއީ ގުޅުން ބަދަހި ކުރުމެވެ. މިދަތުރުގައި ރަށުން ފުރުމަށް ހަމަޖެހިފައިވަނީ 29 ޑިސެންބަރު 2018 ވަނަ ދުވަހު ހެނދުނު 7:30 ގައެވެ. އެނބުރި ރަށަށް އައުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަހުގެ ހަވީރު 5:00 ގައެވެ.
ވީމާ، މިދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ޑިސެންބަރު 2018 ވަނަ ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.