ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިސްދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން GS-186/IU/2018/39
އާއި ގުޅިގެން ނަންނޯޓްކުރަން ދުރުވީ އެންމެ 2 ފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން މުރަމެވެ.
1. 01 ޖެނުއަރީ 2019އިން 31 ޑިސެމްބަރ 2019 އަށް އިސްދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 އަދި 25 ޑިސެމްބަރ 2018 މި ދެ ދުވަހު އިސްދޫ ސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރުން އެދެމެވެ. އަދި ނަން ނޯޓް ކުރާފަރާތްތަކަށް މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ހަވާލުކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018ޑިސެމްބަރ27 ވަނަ ދުވަހުގެ 14:00 ގެ ކުރިން އިސްދޫ ސްކޫލް އޮފީހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރު 30 ވަނަ ދުވަހުގެ 11:00 ގައި އިސްދޫ ސްކޫލް އޮފީހުގައެވެ.
5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ ނަންބަރަށް ( ރަސްމީގަޑީގައި ) ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
އިސްދޫ ސްކޫލް
ފޯން: 6800562,
އީ-މެއިލް: [email protected]
19ޑިސެމްބަރ 2018