ދިވެހިރާއްޖެ
c
ނޫމަރާ ސްކޫލް
އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާއީ ހަމަޖެހުން |
ނޫމަރާ، ދިވެހިރާއްޖެ
ނަންބަރު: GS102/IUL/2018/39
އިޢުލާނު
މަލްޓިގުރޭޑް ކުލާސްރޫމާއި ސްޓާފްރޫމްގެ ބޮޑުދޮރުތައް ބަދަލުކުރުމާގުޅޭ
މި ސްކޫލްގެ ސްޓާފްރޫމާއި މަލްޓި ގްރޭޑް ކުލާސްރޫމުގެ ބޮޑުދޮރުފަތްތައް ސްކޫލުންދޭ ޑިޒައިނާއި އެއްގޮތައް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މަޢުލޫމާތު ދިނުމުގެ ސެސަން |
އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން |
24 ޑިސެމްބަރ 2018 މެންދުރުފަހު 13:00 |
26 ޑިސެމްބަރ 2018 މެންދުރުފަހު 13:00 |
މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' މަލްޓިގުރޭޑް އަދި ސްޓާރފްރޫމްގެ ބޮޑުދޮރުތައް ބަދަލުކޮށްދިނުމަށް އެދި '' މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
10 ރަބީޢުލްއާޚިރު 1440
17 ޑިސެމްބަރ 2018