ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރަސްމީ ބޮޑު ގޭޓް ހަދާ ހަރުކުރުން

އިޢުލާން 

 ރަސްމީ ބޮޑު ގޭޓް ހަދާ ހަރުކުރުން

 މިމަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ އުތުރު ފަރާތު ފާރުން ކަޑާފައިވާ ތަނުގައި ދަގަޑު ބޮޑު ގޭޓެއް އަމިއްލަ ތަކެތީގައި ހަދާ ހަރުކުރުމަށް ބޭނުންވާތީވެ، އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތް ތަކުން 27 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒުގެ އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ 18/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރ 19/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަރުކަޒުގެ ނަމްބަރ 6620010 އަށް ގުޅުއްވުމަށް އެދެމެވެ.

         

19 ޑިސެމްބަރ 2018

19 ޑިސެންބަރު 2018
ހޯދާ