ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MMS-A/2018/13
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ 30 ކޭވީއޭގެ ޔޫޕީއެސް ރީލޮކޭޓް ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް އަޅާދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ސަރވިސްގައި ޤާއިމުކުރެވިފައިވާ ޕަވަރ ބެކަޕް ސިސްޓަމްގައި ބޭނުންކުރާ 30 ކޭވީއޭގެ ޔޫޕީއެސް މިހާރު ހުރި ތަނުން އެހެންތަނަކަށް ބަދަލު ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް އެޅުމަށް އަމިއްލަ ތަކެތީގައި، 16 އެމްއެމް ގެ 4 ކޯ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް ގެންދާނެ ޑަކްޓު އެޅުމަށްޓަކައި، އެކަށީގެންވާ ތަޖުރިބާ ހުރި އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް 18 ޑިސެމްބަރ 2018 ވަނަ ދުވަހު ކުރެވުނު އިޢުލާނު ނަންބަރު MMS-A/2018/12އާއި އެކު އެޓޭޗުކުރެވިފައިވާ މަޢުލޫމާތު ޝީޓުގެ ފޯރމެޓު މައްސަލައަކާއި ގުޅިގެން އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން
2018 ޑިސެމްބަރ 23 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ހުޅުލޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
މި އިޢުލާނާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓު މި ސަރވިސްގެ ވެބްސައިޓްއިން ޑައުންލޯޑްކުރެއްވުން އެދެމެވެ.
މަޢުލޫމާތު ޝީޓުގެ ލިންކް: http://www.meteorology.gov.mv/uploads/b1563a78ec59337587f6ab6397699afc.pdf
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް[email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
18 ޑިސެމްބަރު 2018