ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އިމާމް/މުދިމް ( މިސްކިތު )

                 އިޢުލާން

މަޤާމް:               ވޭޖް އިމާމް / މުދިމް

އޮފީސް/ އިދާރާ         ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން:            ކޯޕަރޭޓިވް އެފެއާރޒް     

ރޭންކް:               GS1/GS3         

ވަޒީފާއަދާކުރަންޖެހޭތަން:    ވިލިނގިލީ ކައުންސިލް އިދާރާ  އިން ދައްކާ މިސްކިތެއްގައި

މުސާރަ:              މަސައްކަތް ކުރާކޮންމެގަޑިއަކަށް GS1އަށް .53.00  GS3 އަށް 61.00

ބޭނުންވާއަދަދު:            4

މަޤާމްގެ ޝަރުތުތައް:       ލިޔަންކިޔަން ދަތުމާއެކު ޤުރުއާން ކިޔަވަން ދަންނަ ބަންގި ގޮވައި ނަމާދުކުރަން ދަންނަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ލިބިފައިވުން.

 

މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:   

2. މަސައްކަތް : 5 ވަގުތު މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދު ކުރުމާއި، މިސްކިތުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި މިސްކިތު މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރުމާއި ، މިސްކިތުގައި ބޭނުންކުރާ އެއްޗަކަށް ތަނަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ކައުންސިލް އިދާރާއަށް އަންގައި އެކަމެއް ހައްލު ކުރުމުގެ މަސައްކަތް ކުރުން. މިސްކިތުގެ ގޯތިތެރެ މުވައްޒަފުންނާއި ގުޅިގެން ފެހިކުރުމުގެ މަސައްކަތް ކުރުން.

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު

 ގއ. ވިލިނގިލީ ކައުންސިލްއިދާރާ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

26 ޑިސެމްބަރ  2018  ވާ ބުދަ   ދުވަހުގެ 13.30. ގެ ކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް ވަޒީފާއަށް އެދި ހުށަހަޅާސިޓީއާއި އެކު ތިރީގައި ދަންނަވާފައިވާ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށްފެން، ލިޔެފައިވާ ލިއުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއިގުޅިގެން މައުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ.

ފެކްސް ނަންބަރަކީ 6824680 އެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

19 ޑިސެންބަރު 2018
ހޯދާ