މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :50

ނޯޓް:  

 "ލޭބަރަރ" މި މަޤާމަށް މި ކުންފުނިން ކޮށްފައިވާ ނަންބަރ އިޢުލާން (IUL)113-HRAD/1/2018/93) ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މުސާރަ:

 މަހަކު -/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،072 ރުފިޔާ) 

އެހެނިހެން އިނާޔަތްތައް:

 4،500ރ - 5،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

- އުސްތަންތަނަށް އަރާ އެތަންތަނުގައި މަސައްކަތް ކުރެވޭނެފަދަ ޤާބިލު މީހެއްކަމުގައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- ބޯޓުފަހަރާއި ބަނޑުފަހަރުން މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ  ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައި ވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަނދުފަހަރުން މުދާ / ކޮންޓައިނަރ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

- ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިން / ލޭޝިން ކުރުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / މާލެ ވިޔަފާރި ބަނދަރު 

ސުންގަޑި:

2018 ޑިސެމްބަރ 24ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

18 ޑިސެންބަރު 2018
ހޯދާ