ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްތަކުގައި ކުލަލުމާއި އިމާރާތްތައް މަރާމާތު ކުރުން

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

  

ނަންބަރ: GS60(B)/2018/077

އިޢުލާނު

ކުލާސްތަކުގައި ކުލަލުމާއި އިމާރާތްތައް މަރާމާތު ކުރުމާ ބެހޭ                      

            2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މި ސްކޫލްގެ ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS60(B)/2018/075 އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  1. ހުޅަނގު ފަރާތުގެ އިމާރާތްތަކުގެ ބޭރުގައި ވެދަރ ބޮންޑު ކުލަލުން
  2. ކުލާސްރޫމް ތަކުގެ އެތެރެފަރާތުގައި ކުލަލުން
  3. މުޅި ސްކޫލްގެ އިމާރާތް ތަކުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ބައްދައި ސިމެންތި ޖަހައި ކުލަލުން

            ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

24 ޑިސެންބަރ 2018

10:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

27 ޑިސެންބަރ 2018

10:00 ހެނދުނު

            މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                 11 ރަބީޢުލްއާޚިރް 1440

                                  18 ޑިސެންބަރ 2018

18 ޑިސެންބަރު 2018
ހޯދާ