ދިވެހިރާއްޖެ
އިޢުލާން
ކުދި މަސައްކަތް، ގަންނަތަކެތި، ޚިދުމަތްދޭ ފަރާތްތައް ދަފްތަރުގައި ބައިވެރިވުމުގެ ފުރުޞަތު
މިމިނިސްޓްރީން 16 ޑިސެންބަރު 2018 ވަަނަ ދުވަހު ކުރެވިފައިވާ އިޢުލާން 300/IUL)141-L/141/2018) ނަންބަރާއި ގުޅިގެން ފޯމާއި މަޢުލޫމާތަށް އައިސްފައިވާ ބަދަލުގެ ސަބަބުން
އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާތަކަށް 35,000.00 ރުފިޔާއިން ދަށުގެ ތަކެތި ސަޕްލައިކޮށްދިނުމާއި، ޚިދުމަތާއި މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިމިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓަރީ ކުރުމަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޓޭޗް ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 30 ޑިސެންބަރު 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް (ވެލާނާގެ 03 ވަނަފަންގިފިލާ) ވަޑައިގެން ރިޝެޕްޝަނަށް ފޯރމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347300, 3347366 ނަމްބަރ ފޯނާއެވެ.
11 ރަބީޢުލްއާޚިރު 1440