ދިވެހިރާއްޖެ
އިޢުލާނު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-124573 |
||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
||||||||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ސަޕޯޓް ސަރވިސް ސެކްޝަން / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މާލެސިޓީ |
||||||||||||||||||||||||||||||||||||||
މުސާރަ: |
މަހަކު 4465.00ރުފިޔާ، |
||||||||||||||||||||||||||||||||||||||
ސަރވިސް އެލެވަންސް: |
މަހަކު 1500.00 ރުފިޔާ |
||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް |
|
||||||||||||||||||||||||||||||||||||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސެކްޝަން ނުވަތަ ޔުނިޓުން ރާވައި ހިންގާ ޙަރަކާތްތަކާއި، ސެކްޝަނުން ކުރާ މުހިއްމު ކަންކަމުގެ މަޢުލޫމާތުގެ ޚަބަރު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަޕޯޓްސާރވިސް ސެކްޝަނުން އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓަށް މެއިލްކޮށް ހާޑުކޮޕީ ފޮނުވުން. 2. ދުވަހުން ދުވަހަށް ސެކްޝަން ނުވަތަ ޔުނިޓުން ކުރެވޭ އެންމެހާ މަސައްކަތެއް ބަޔާންކޮށް ތަފްޞީލީ ޔައުމިއްޔާއެއް ލިޔެ ފައިލްކޮށް ބެލެހެއްޓުމާއި ސެކްޝަންގެ ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމުގެ މަސައްކަތް ކުރުން. 3. ސެކްޝަން ނުވަތަ ޔުނިޓްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުނާއި ހުރިހާ މަސައްކަތު މުވައްޒަފުނާއި މަރުކަޒު ސެކިއުރިޓީ މުވައްޒަފުންނާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން. އެގޮތުން ސެކްޝަން ހުރިހާ މުވައްޒަފުންގެ ސަލާމްފޯމްތަކާއި ޗުއްޓީފޯމްތައް ދުވަހުން ދުވަހަށް އެޗް އާރް ޔުނިޓަށް ހަވާލު ކުރުމާއި އެމުވައްޒަފުންގެ އެޕްރައިޒަލްފޯމް ތައްޔާރު ކުރުވުމާއި އަދި ފޯމު ފުރުވާ ކަމާބެހޭ ޔުނިޓަށް ފޮނުވުމާއި މަސައްކަތު މުވައްޒަފުންގެ އޯޓީޝީޓްތައް ދުވަހުން ދުވަހަށް ސިސްޓަމްއަށް އެއްޓަރކޮށް ކޮންމެމަހެއްގެ 16ވަނަ ދުވަހުގެ ކުރިން އޯޓީ ޝީޓްތައް އެޗް.އާރް ޔުނިޓަށް ފޮނުވުން. 4. ސެކްޝަނުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިކުއެސްޓް ފޯމްތައް ތައްޔާރު ކުރުމާއި ސްޓޮކް ފޯމުތައް ތައްޔާރު ކުރުމާއި މިނިސްޓްރީން ނީލަމަށް ތަކެތި ލުމަށް ގެނެސްފައިވާ ތަކެތީގެ ނީލަން ލިސްޓް ހެދުމާއި މަރުކަޒުގައި ކުރަންޖެހޭ މަރާމާތުތަކުގެ މައުލޫމާތު ޝީޓްތައް ސެކްޝަންގެ ޓެކްނިކަލް މުވައްޒަފުނާ މަޝްވަރާ ކޮށްގެން ތައްޔާރު ކުރުމާއި ސެކްޝަން ބަޖެޓް ހެދުމާއި ސެކްޝަން ނުވަތަ ޔުނިޓްގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްރޮސީޖާ މެނުއަލްތަކާއި ސިމްޕަލް ވޯކް ޕްރޮސެސް ފްލޯ ޗާޓުހެދުމާއި އަދި މި ނޫންވެސް މިފަދަ އުޞޫލުތައް ތައްޔާރުކޮށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމާއެކު ލިޔުންތަކުގެ ހާޑް އަދި ސޮފްޓް ކޮޕީ ކަމާގުޅޭ ސެކްޝަން/ޔުނިޓަށް ޙަވާލުކޮށް ކޮޕީތައް ފައިލްކޮށް ބެލެހެއްޓުން. 5. ކޮންމެ އަހަރެއް ނިމުމުން އެއަހަރަކު ސެކްޝަނުން ކޮށްފައިވާ ކަންތައްތައް ހިމަނައި އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ފޮނުވުމާއި ކުރިއަށް އަންނަ އަހަރަށް ކުރަންރާވާ ހުރިހާ މަސައްކަތްތަކެއްގެ ލިސްޓު އެކުލަވާލާ އަދި މި މަސައްކަތްތަކުގެ މައުލޫމާތު ޝީޓްތައް ތައްޔާރުކޮށް ކަމާގުޅުންހުރި ސެކްޝަނަކާއި ޙަވާލު ކުރުން. 6. މިނިސްޓްރީގައި ބޭނުންކުރަމުންދާ ހުރިހާ ވެހިކަލްތަކެއްގެ އަހަރީ ފީތަކާއި ރޯޑު ވާދިނަސް އަދި އިންޝުއަރެންސްއާއި އެހެނިހެން ފީތައް މުއްދަތު ހަމަވިޔަނުދީ ބަރާބަރަށް ބަލަހައްޓާ ފައިލްކުރުމާއި މި ވެހިކަލްތަކުގެ މެއިންޓެނަންސްއާ ގުޅުން ހުރި އިދާރީ މަސައްކަތްތައް ބެލެހެއްޓުން. މި މަސައްކަތްތަކުގެ އިތުރުން މިނިސްޓްރީއިން ހިންގާ އެކި އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ކުރަން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން. 7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
|
||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ. 10. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
|
||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
||||||||||||||||||||||||||||||||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޑިސެންބަރު 31 އާއި ޖަނަވަރީ 15 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020218 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|||||||||||||||||||||||||||||||||||||||
ނޯޓް: މި އިޢުލާނާއި ގުޅިގެން މި މަޤާމަށް މީހަކު ހޯދުމަށް 17 އޮކްޓޯބަރ 2018 ވަނަ ދުވަހު ކޮށްފައިވާ މި މިނިސްޓްރީގެ އިޢުލާން ނަންބަރު: IUL)142-A4/1/2018/194) ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. |