ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ހއ.އުލިގަން،ދިވެހިރާއްޖެ
ނަމްބަރ: IUL)245/245/2018/31)
އިޢުލާން
މަގުބައްތި ޖަހާ ކޭބަލް ވަޅުލާދޭނެ ފަރާތެއް ހޯދުން
ހއ.އުލިގަމުގައި އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދާއި މީހުން ދިރިއުޅެމުންދާ ސަރަހައްދު ހިމެނޭ ގޮތަށް 48 މަގު ބައްތި ބުޑު އަޅާ ހަރުކޮށް، އެބައްތިތަކަށް ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
26 ޑިސެމްބަރ 2018 ބުދަ 10:30 |
03 ޖެނުއަރީ 2019 ބުރާސްފަތި 10:30 |
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 03ޖެނުއަރި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ރަބީޢުލް އާޙިރު 1440
18 ޑިސެމްބަރ 2018