ދިވެހިރާއްޖެ
އިޢުލާން
ތާރީޙް: 18 ޑިސެމްބަރ 2018 ނަންބަރ: GS145/HR/IUL/2018/051
ރިލީފް ޓީޗަރުން ބޭނުންވެއްޖެ
|
މަޤާމް |
ބޭނުންވާ އަދަދު |
|
ޕްރައިމަރީ މުދައްރިސް |
07 |
|
ޕްރީސްކޫލް މުދައްރިސް |
04 |
|
އިސްލާމް މުދައްރިސް |
01 |
|
ދިވެހި މުދައްރިސް |
03 |
|
ސެން މުދައްރިސް |
01 |
|
ހެލްތް އެންޑް ޕީ.އީ މުދައްރިސް |
01 |
|
ޤުރްއާން މުދައްރިސް |
02 |
|
އިންގްލިޝް މުދައްރިސް |
01 |
|
އިކޮނޮމިކްސް މުދައްރިސް |
01 |
|
ސައިންސް މުދައްރިސް |
01 |
|
ބީޓެކް މުދައްރިސް |
01 |
|
ސޯޝަލް ސްޓަޑީސް މުދައްރިސް |
01 |
|
ކްރިއޭޓިވް އާރޓްސް މުދައްރިސް |
01 |
|
|
|
|
މަސައްކަތް ހަމަޖެހިފައިވާ ތަން: |
ގުރައިދޫ ސްކޫލް / ކ.ގުރައިދޫ |
ޝަރުތު :
|
ޝަރުތު |
މުސާރަ (މަހަކު ) |
ސާރވިސް އެލަވަންސް ( މަހަކު ) |
|
ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން |
-/4500 |
-/1500 |
|
މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން |
-/5500 |
-/1500 |
|
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
-/6090 |
-/2500 |
މަޤާމްގެ މަސްއޫލިއްޔަތު
މިމަޤާމްގައި ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ގްރޭޑް ތަކަށް ކިޔަވައި ދިނުމުގެ މަސައްކަތެވެ.
އިތުރު އިނާޔަތްތައް:
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން
- އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
- ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
- ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.
- ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 26 ޑިސެމްބަރު 2018 ވާ ބުދަ ދުވަހުގެ 13:30 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.
މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ގުރައިދޫ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6640574 އާ ގުޅުއްވުން އެދެމެވެ. އަދި
އީމެއިލް: [email protected]
މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.
11 ރަބީޢުލްއާޚިރު 1440
18 ޑިސެމްބަރ 2018
