ދިވެހިރާއްޖެ
މި މަރުކަޒުގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެމްބަރ 23 ވާ އާދިއްތަ ދުވަހުގެ 11:00 ށް މިމަރުކަޒުގެ މީޓިން ރޫމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،2018 ޑިސެމްބަރ 26 ވާ ބުދަ ދުވަހުގެ 11:00 ށް މިމަރުކަޒުގެ މީޓިން ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
އަދި ދަންނަވަމެވެ. މި އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު: (IUL)22-PU/22/2018/151 އިއުލާނާއި ގުޅިގެން ސްޓޭޝަނަރީ ވައުޗަރއަށް ތަކެތި ދޫކުރުމަށް އެދި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 ން، މެންދުރު ފަހު 14:00 އާއި ދެމެދު 6528817 ނަންބަރު ފޯނަށެވެ.
10 ރަބީޢުލްޢައްވަލް 1440