ދިވެހިރާއްޖެ
މިސްކޫލުގައި އިމާރާތްކޮށްފައިވާ ކުލާސްއިމާރާތްތަކުގެ ފުރާޅު ވަށައިގެން ހަރުކުރެވިފައިވާ ދިޔަދޮވިތައް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް އެދިި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ތާރީޚުގައި މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ފ. ބިލެއްދޫ ސްކޫލު (އޮފީސް) |
2018 ޑިސެމްބަރ 25 |
ހޯމަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
2018 ޑިސެމްބަރ 30 |
އާދިއްތަ |
11:00 |
މައުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އެމީހަކާބެހޭ ފުރިހަމަ މައުލޫމާތު އެގޭފަދަ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. ކުންފުނި ފަދަ ވިޔަފާރި ރަޖިސްޓްރީއަކުން މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުންފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިސްކޫލްގެ 7952913 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތެއް ދެވޭނެއެވެ.