ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ އައު ކްލާސްރޫމްތަކުގެ ސީލިން ބަދަލުކުރުން

މިސްކޫލްގެ އައު ކްލާސްރޫމްތަކުގެ ސީލިން ބަދަލުކުރުން

       2019 ވަނަ އަހަރަށް މި ސްކޫލްގެ އައު ކްލާސްރޫމްތަކުގެ ސީލިންގެ އެއްކޮށް ބަދަލުކުރުމަށް ބޭނުންވެއެވެ. އެހެން ކަމުން މި މަސައްކަތް ކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމާއި، އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

26 ޑިސެމްބަރ 2018 ( ބުދަ ) 10:30 ގެ ކުރިން

06 ޖެނުއަރީ 2019 ( އާދިއްތަ ) 14:00 ގެ ކުރިން

ރަސްމާދޫ ސްކޫލު ލައިބްރަރީ

ރަސްމާދޫ ސްކޫލު ލައިބްރަރީ

09 ރަބީޢުލްއާޚިރު 1440

17 ޑިސެންބަރު 2018
ހޯދާ