ދިވެހިރާއްޖެ
8 ސްމާރޓް ޓީވީ ހޯދުމާބެހޭ
މިއިދާރާއިން "50 ގެ 8 ސްމާރޓް ޓީވީ ހޯދުމަށް 04 ޑިސެމްބަރ 2018 ވަނަ ދުވަހު ކުރެވުނު ނަންބަރު: (IUL)404-ESMS/2018/17 އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލީމެވެ.
- · އިތުރު ތަފްޞީލް:
ބާވަތް: ސްމާރޓް ޓީވީ ( ފުލް އެޗްޑީ/ޔޫއެޗްޑީ/4ކޭ) ވޯލް މައުންޓާއިއެކު
ސައިޒް: "50 ނުވަތަ '50 އިންޗިއަށްވުރެ ބޮޑު
އަދަދު: 8 ( އަށެއް)
ވީމާ، މަތީގައިވާ މަޢުލޫމާތާއެއްގޮތަށް އެތަކެތި ވިއްކުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރުމަށްފަހު އަންދަސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ޑިސެމްބަރ 2018 ވަނަ ދުވަހު 11:00 ގައި، މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޑިސެމްބަރ 2018 ވަނަ ދުވަހު 11:00 ގައި،މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާނީ ސިޓީއަކާއިއެކުގައެވެ.އަދި މީހަކަށް ހުށަހެޅޭނީ އެންމެ ފަރާތެއްގެ ސިޓީއެވެ.ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަށްވާނީ ސިޓީ އުރައަކަށްލާ ބަންދުކުރެވިފައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 ރަބީޢުލްޢޫލާ 1440
16 ޑިސެމްބަރ 2018