ދިވެހިރާއްޖެ
މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކޯޓުގެ ނަމްބަރ (IUL)/E10C-A/2018/01 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 02 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިކޯޓުގެ އިމާރާތާއި ގޯތީގައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ މިކޯޓަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ވޮޗަރުންގެ މަޤާމް ހަމަޖެހެންދެން ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 24 ޑިސެންބަރ 2018 ވަނަ ދުވަހުގެ 11:00ށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 27 ޑިސެންބަރ 2018
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
09 ރަބީޢުލްއާޙިރް 1440