މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތް ހޯދުން

މިރަށު ހުކުރު މިސްކިތުގެ އިމާމާއި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމުކަމާއި މަސައްކަތު މީހުންގެ މަޝްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން މަސައްކަތައް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. މިމަސައްކަތްކުރާ ފަރާތްތަކަށް ކުރިންދެމުން އައި އުޖޫރަ 01 އޮކްޓޫބަރ 2018 އިން ފެށިގެން ބޮޑުކޮށް ތިރީގައި އެވާގޮތުގެމަތިން އުޖޫރަ ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް ތިރީގައިވާ ގޮތަށެވެ.

ވީމާ، މިކަމަށް އެދޭފަރާތްތަކުން 24 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޢިމާމް ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް) 61 ރުފިޔާ
މުދިމު ސަނަދު ނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް) 53 ރުފިޔާ
މަސައްކަތު 45 ރުފިޔާ

11 ޑިސެންބަރު 2018
ހޯދާ