ދިވެހިރާއްޖެ
`
އދ. އަތޮޅު މަދަރުސާ
އދ. މާމިގިލި ނަމްބަރ: GS42/2018/26
އިޢުލާން
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
2019 ވަނަ އަހަރު މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ޢިއުލާންއަށް ( ނަމްބަރ : GS42/2018/20 ) ކުރިމަތިލެއްވި ފަރާތްތައް މަދުވުމުން އެ ޢިއުލާން ބާތިލްކޮއް އަލުން ޢިއުލާން ކުރަމެވެ.
މިމަދަރުސާގެ ސެކިޔުރިޓީ ކޮންޓްރެކްޓް ޢުޞޫލުން 1 އަހަރުދުވަހުގެ މުއްދަތަށް ( 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019އަށް ) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު 23 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ: 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ދެވޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަދަރުސާގެ ފޯނު: 6680021 އަށް ގުޅުއްވުން އެދެމެވެ.
13 ޑިސެމްބަރ 2018