ދިވެހިރާއްޖެ
އިޢުލާން
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި
"ސްޕޯޓްސް ކައުންސިލަރ" ގެ ނަމުގައި މަޤާމެއް އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމަށް ތަމްރީން ކުރުމަށް ހިންގާ "ސެޓްފިކެޓް 1 އިން ފިޓްނަސް
އިންސްޓްރަކްޓަރ" ކޯހުގައި ބައިވެރިވުމަށް IUL)141-MNIS-A/141/2018/278) (އ 22 ނޮވެމްބަރު 2018)ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ
ވަރަށް މީހުން ކުރިމަތި ލާފައިނުވާތީ، މި ކޯހަށް ކުރިމަތި ލުމުގެ ފުރުސަތު އިތުރަށް ހުޅުވާލަމެވެ.
| 
 ކޯހުގެ ނަން:ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ  | 
| 
 މުއްދަތު:3 ހަފްތާ / (50 ގަޑިއިރު)  | 
| 
 ކޯސް ފެށޭ ތާރީޚް: 10 ޖެނުއަރީ 2019  | 
| 
 ކޯހުގެ ފީ: ހިލޭ  | 
| 
 އެލަވަންސް: ކޯހުގެ ކޮންމެ ބައިވެރިއަކަށް 2000/- ރުފިޔާގެ އެލަވަންސްއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.  | 
| 
 ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / މާލެ  | 
| 
 ޖާގަ: 200 (މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 1)  | 
| 
 
 ކޯހުގެ ޝަރުތު ހ. އުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުއާމަލާތުކުރަން އެނގުން ނޯޓް: (ކޯހަށް ޝަރުތު ފުރިހަމަ ވީނަމަވެސް މިކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސަރވިސްގެ ޖީއެސް 3 ރޭންކުގު މަގާމެއް އަދާކުރަންޖެހޭތީ، ޖީއެސް3 ގެ ރޭންކަށް ޝަރުތުހަމަވާ ފަރާތްތަކާއި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ) 
  | 
| 
 
 ފޯމް ލިބެން ހުންނާނެތަން: ރަށު ކައުންސިލް އިދާރާ ނުވަތަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް 
  | 
| 
 
 ފޯމް ހުށަހަޅަންޖެހޭ ތަނާއި ތާރީޚު: ތަން : ރަށު ކައުންސިލް އިދާރާ ނުވަތަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ތާރީޚު: 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. 
  | 
| 
 މާރކްސް ދިނުމުގައި ބަލާނެ މިންގަނޑު ހ. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކްނޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ގްރޭޑް ލިބިފައިވުން، ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ފުރިހަމަ ކޮށްފައިވުން 
  | 
| 
 ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަދި 3326985 އަށް ގުޅުއްވުން އެދެން.  | 
6 ރަބީއުލްއާޚިރު 1440
