ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ހިތުދަސް ކޮށްދިނުމާއި، ޚަތިމް ކޮށްދިނުމަށް ހަމަޖެހިފައިވާ ކުލާސްތަކާއި ގުޅޭގޮތުން

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވާ ދިނުން ފެށުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކައުސްސިލްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާގުޅިގެން މިސްކިތްތަކުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކުލާސްތަކެއް ފެށުމަށްވަނީ ހަމަޖެހިފައެވެ.

      މި ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

އަކުރު ދަސްކޮށްދޭ ކުލާސް

-         ކުލާހެއްގައި ތިބޭ ދަރިވަރުންގެ ޢަދަދު: 15 ން 20 އާ ދެމެދު

-         ކުލާހުގެ ވަގުތު: 50 މިނިޓް

-         ދަރިވަރުންގެ ޢުމުރު ފުރާ: 2 އަހަރު ބައި

-         ކުލާސް އޮންނަ ގަޑި: ހެނދެނު ދަންފަޅި: 09:00 ން 10:00 // ހަވީރު ދަންފަޅި: 16:30 ން 17:30 ށް

-         ކުލާސް އޮންނަ ދުވަސްތައް: ހުކުރު ދުވަސް ފިޔަވައި ( ހޮނިހިރު – ބުރާސްފަތި )

-         މުދައްރިސުންގެ ޢަދަދު: 1

ނޯޓު: (1) މިކުލާސް ފަށައިގަންނަ ދަރިވަރަކު 4 އަހަރު ނިމޭއިރު ޤުރުއާން ބަލައިގެން ޚަތިމް ކުރާނެއެވެ.

    (2) މިކުލާހަށް ހޮވާނީ ބަލައިގެން ޤުރުއާން ކިޔަން ނޭގޭ ތުއްތު ކުދިންނެވެ.

ޙިފްޘު ކުލާސް

-         ކުލާހެއްގައި ތިބޭ ދަރިވަރުންގެ ޢަދަދު: 15 ން 20 އާ ދެމެދު

-         ކުލާހުގެ ވަގުތު: 50 މިނިޓް

-         ދަރިވަރުންގެ ޢުމުރު ފުރާ: ނެތް ( ބަލައިގެން ކިޔަން އެނގުން )

-         ކުލާސް އޮންނަ ގަޑި: ހެނދެނު ދަންފަޅި: 09:00 ން 10:00 // ހަވީރު ދަންފަޅި: 16:30 ން 17:30 ށް

-         ކުލާސް އޮންނަ ދުވަސްތައް: ހުކުރު ދުވަސް ފިޔަވައި ( ހޮނިހިރު – ބުރާސްފަތި )

-         މުދައްރިސުންގެ ޢަދަދު: 1

ނޯޓު: (1) މިކުލާސް ފަށައިގަންނަ ދަރިވަރަކު 4 އަހަރު ނިމޭއިރު ޤުރުއާން ހިތުދަސް ކުރާނެއެވެ.

    (2) މިކުލާހަށް ހޮވާނީ ޤުރުއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނެވެ.

ޤުރުއާން ޚަތިމް ކުލާސް

-         ކުލާހެއްގައި ތިބޭ ދަރިވަރުންގެ ޢަދަދު: 15 ން 20 އާ ދެމެދު

-         ކުލާހުގެ ވަގުތު: 50 މިނިޓް

-         ދަރިވަރުންގެ ޢުމުރު ފުރާ: ނެތް ( ބަލައިގެން ކިޔަން އެނގުން )

-         ކުލާސް އޮންނަ ގަޑި: ހެނދެނު ދަންފަޅި: 09:00 ން 10:00 // ހަވީރު ދަންފަޅި: 16:30 ން 17:30 ށް

-         ކުލާސް އޮންނަ ދުވަސްތައް: ހުކުރު ދުވަސް ފިޔަވައި ( ހޮނިހިރު – ބުރާސްފަތި )

-         މުދައްރިސުންގެ ޢަދަދު: 1

ނޯޓު: (1) މިކުލާސް ފަށައިގަންނަ ދަރިވަރަކު 4 އަހަރު ނިމޭއިރު ޤުރުއާން ޚަތިމް ކުރާނެއެވެ.

    (2) މިކުލާހަށް ހޮވާނީ ޤުރުއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނެވެ.

      ވީމާ، މި ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދޭ ފޯމު ފުރުމަށްފަހު 19 ޑިސެންބަރު 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމުފުށަހެޅުން އެދެމެވެ. ކުލާހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމު ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

06 ރަބީޢުލްއާޚިރު 1440

13 ޑިސެންބަރު 2018

13 ޑިސެންބަރު 2018
ހޯދާ