މާވަށު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލެހެއްޓުން

ތާރީޚް:13  ޑިސެމްބަރ 2018މ.                               ނަންބަރު:GS-49/IU/2018/22

 

އިޢުލާން

 

މާވަށު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

           01 ޖެނުއަރީ 2019މ. ން 31 ޑިސެމްބަރ 2019މ. އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  23 ޑިސެމްބަރ 2018މ. ވާ އާދީތަ ދުވަހު 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މާވަށު ސްކޫލަށް ވަޑައިގެންދެއްވުމަށް އަންގާ އިޢުލާނުކުރަމެވެ.

ސެކިޔުރިޓީ ބެލެއެއްޓުމުގެ މަސައްކަތްކުރުމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު

1.1 މާވަށު ސްކޫލުގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކާއި ޢިމާރާތްތަކުގައިވާ ތަކެއްޗާއި ވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.

1.2 ސްކޫލްތަކަކީ ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަން ކަމަށްވާތީ، ސްކޫލްތަކުގައި މަސައްކަތްކުރާ މީހުންނަކީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭތީ، ސެކިޔުރިޓީ ބެލެހެއްޓުމަށްވެސް ބޭނުންކުރަންވާނީ އަޚުލާޤު ރަނގަޅު، އެމީހުންނާމެދު މުޖުތަމަޢުގެ އިތުބާރު ނުގެއްލޭ މީހުންނެވެ. ވީމާ، މިކަން އައްޔަންކުރާ ކޮންމެ މީހެއްގެ ކުށުގެ ރެކޯޑު ސާފުކޮއް ލިޔުމުން ސްކޫލަށް ހުށައަޅަންވާނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އަޚުލާގީގޮތުން ނުރަނގަޅު ރެކޯޑެއް އޮތް އެއްވެސް މީހަކު ސްކޫލްތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ބޭނުމެއް ނުކުރެވޭނެއެވެ.

1.3 ސެކިޔުރިޓީ ބަލަހައްޓާ ކޮންމެ މީހަކުމެ ޑިއުޓީގައި ހުންނަ ވަގުތު ތަކުގައި ހުންނަންވާނީ ޚާއްސަކުރެވިފައިވާ ޔުނީފޯމެއްގައެވެ. ޔުނީފޯމް ހުންނަންވާނީ ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށެވެ. ( ގަމީހުގެ ކުލަ: ނޫކުލަ، ފަޓްލޫނުގެ ކުލަ: ފެހިކުލަ، ބެލްޓުގެ ކުލަ: ކަޅުކުލަ ) އަދި އެމީހަކު ސެކިޔުރިޓީ ބަލަހައްޓާ މީހެއްކަން އެނގޭނެ ލިޔުމެއް ޑިޔުޓީގައި ހުންނަވަގުތުތަކުގައި  ޔުނިފޯމުގެ ޖީބުގައި ނުވަތަ ކަރުގައި އަޅުވާފައި، ބޭރަށް ފެންނާނޭހެން ހަރުކޮއްފައި ހުންނަންވާނެއެވެ. ސެކިޔުރިޓީ ބަލަހައްޓާ މީހުން ޑިއުޓީގައި ތިބޭއިރު އިށީންނާނެ ގޮނޑިއާއި ޑިއުޓީ ސްޓޭޝަން ކަނޑައަޅާނީ ސްކޫލުންނެވެ.

1.4 ޚިދުމަތްދޭ ފަރާތުން ސްކޫލުގެ އިމާރާތްތަކާއި، އިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެއާއި ގޯތިވަށައިގެންވާ މަގުތައް ބަލަހައްޓަންވާނެއެވެ.

1.5 ނަންބަރު 1.4ގައި ބަޔާންކުރެވިފައިވާ މަސްއޫލިއްޔަތުގެ އިތުރުން އާދަޔާއި ޚިލާފުކަމެއް ހިނގައިފިނަމަ ވަގުތުން ސްކޫލުގެ މަސްއޫލުވެރިއަކަށް އެންގުމުގެ އިތުރުން ސެކިޔުރިޓީ ބަލަހައްޓަން ހަވާލުވެފައިވާ ތަނުގެ ވެރިޔަކަށް އަންގަންވާނެއެވެ. އަދި ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެން އޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރަންވާނެއެވެ.

1.6 ޑިއުޓީއަށް ތިބޭމީހުންނަށް ނުބެލެހެއްޓުމުގެ ސަބަބުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލަންޖެހޭނީ ޚިދުމަތްދޭ ފަރާތުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އަގު ނުވަތަ އެފެންވަރުގެ އައު އެއްޗެއް ޚިދުމަތްދޭ ފަރާތުން ސުކޫލަށް ހޯދައިދޭންޖެހޭނެއެވެ. މީގެތެރޭގައި ސްކޫލުގެ އިންވެންޓްރީގައި ހިމެނޭ ތަކެއްޗާއި ސްކޫލު ގޯތިތެރޭގައި ހުރި ގަސްގަހާގެހި ހިމެނޭނެއެވެ.

1.7 އެދުވަހަކު ސްކޫލް ބަންދުކުރުމުން ސްކޫލުގައި ތަޅުލައި ބަންދުކޮއްފައި ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަގަޅަށް ބަންދުކޮށް ތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ.

1.8 ސްކޫލް ބަންދުކޮއްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަށް ސްކޫލްގެ ކަމާބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ޙައްލުކުރަންވާނެއެވެ.

1.9 ބަންދު ގަޑީގައި ސްކޫލުން ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެން މީހުން ސްކޫލްގެ ގޯތިތެރެއަށާއި އިމާރާތަށް ވަނުން މަނާކުރަންވާނެއެވެ.

1.10 ބަންދު ގަޑީގައި ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި ސްކޫލުން އަންގާ ގޮތެއްގެ މަތިން ރެކޯޑުކޮށް ލޮގްކޮށް ބަލަހަށްޓަންވާނެއެވެ.

1.11  އެދުވަހެއްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ދަންފަޅީގައި ޑިއުޓީގައި މަދުވެގެން ކޮންމެ ގަޑިއަކު އެއްފަހަރު ސްކޫލްގެ ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކޮށް އާދަޔާއި ޚިލާފުކަމެއް ފާހަގަކުރެވޭނަމަ އެކަންރެކޯޑްފޮތުގައި ލޮގްކޮށް، ވަގުތުން ފިޔަވަޅުއަޅަންޖެހޭ ކަމެއްނަމަ ކަމާބެހޭ ފަރާތްތަކަށް ވަގުތުން އަންގައިގެން މައްސަލަ ޙައްލުކޮށް އެކަންވެސް ރެކޯޑްފޮތުގައި ލޮގްކުރަންވާނެއެވެ. އެދުވަހެއްގެ ރެކޯޑްފޮތުގައި ލޮގްކުރެވިފައިވާގޮތް ޗެކްކުރުމަށްފަހު ސެކިޔުރިޓީ ބަލަހަށްޓާ ފަރާތުގެ ޒިންމާދާރު ވެރިޔަކު ދުވާލަކު އެއްފަހަރު ސޮއިކުރަންވާނެއެވެ.

1.12  ޑިއުޓީގައި ތިބޭ ހުރިހާ ވޮޗަރުންގެ އައިޑީ ކާޑުގެ ފޮޓޯކޮޕީއެއް ސްކޫލަށް ހުށައަޅަންވާނެއެވެ. އަދި މިލިޔުމަށް އެއްވެސް ބަދަލެއް އަންނަނަމަ މިބަދަލާއިއެކު އިސްލާހުވެފައިވާ ލިޔުމެއް އެބަދަލު އަންނަތާ 24 ގަޑިއިރުތެރޭގައި ހުށައަޅަންވާނެއެވެ. ޑިއުޓީގައި ތިބޭ ހުރިހާ ވޮޗަރުން އޮޅުން ފިލާގޮތަށް ލިޔެފައިވާ ޑިޔުޓީ ހަމަޖެހިފައިވާ ގޮތުގެ ތާވަލެއް ކޮންމެ މަހެއް ފެށުމުގެ 3 ދުވަސް ކުރިން ސްކޫލަށް ހުށައަޅަންވާނެއެވެ. އަދި އެތާވަލަށް ބަދަލެއް ގެންނަންޖެހޭ ފަދަ ގޮތެއް ދިމާވެއްޖެނަމަ އެކަން އަންގަމުން ގެންދަންވާނެއެވެ.

1.13 ސެކިޔުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ސިއްހީގޮތުން އެކަމަށް އެކަށީގެންވާ އުމުރުން 18 ( އަށާރަ ) އަހަރުން މަތީ، 55 ( ފަންސާސް ފަސް ) އަހަރުން ދަށުގެ ދިވެހިންނެވެ.

1.14  ޑިޔުޓީގައި އެކަކު 8 ގަޑިއިރަށްވުރެ ގިނައިރު ނުހުރެވޭގޮތަށް ރޭވިފައި އޮންނަންވާނެއެވެ. އަދި ސެކިޔުރިޓީ އޮފިސަރުންނާއި ހަވާލުކޮށްފައިވާ ޑިއުޓީ އެމީހުން ފުރިހަމައަށް އަދާކުރޭތޯ ބެލުމަށް ހުންނަ ސުޕަވައިޒަރަކު އެމީހުންގެ މަސައްކަތް ބަލަހަށްޓަމުން ގެންދަންވާނެއެވެ.

1.15  ޑިޔުޓީގައި ތިބޭ މީހުންނާއި އަދި ދިމާވެދާނެ ކުއްލި ހާލަތެއްގައި ޑިޔުޓީގައި ތިބޭނެ ކޮންމެ މީހެއްގެ އަތުގައިވެސް، އެކަކު އަނެކަކާއި އަދި އެމީހުންނާއި އެމީހުންގެ އޮފީހާއި ދެމެދުގައި ފަސޭހައިން ގުޅޭނެ ނިޒާމެއް ޤާއިމުކުރެވިފައި ހުންނަން ވާނެއެވެ. ( އެއީ ކޮމިޔުނިކޭޝަން ސެޓް ނުވަތަ ސެލިޔުލާރ ފޯނު ( މޮބައިލް ފޯނު ) ފަދަ އިތުބާރު ހިފޭ އެއްޗަކަށް ވާންވާނެއެވެ.)

1.16  ޑިޔުޓީ ޝިފްޓް ބަދަލުކުރުމުގައި ޑިޔުޓީގައި ތިބިމީހުން ދާންވާނީ އެޑިޔުޓީ ޝިފްޓް ބަދަލުވާ ސެކިޔުރިޓީ އޮފިސަރަށް އެޑިޔުޓީއެއްގައި ނޯޓްކޮށްފައިހުރި އަދި ރައްކާތެރިވާން ޖެހޭނެކަމެއް ވާނަމަ އެކަން އެންގުމަށްފަހުގައެވެ.

1.17  ސްކޫލުގައި އޯލެވެލް /  އޭލެވެލް އިމްތިޚާނު އޮންނަ ދުވަސްވަރު އިތުރު ކުއްޔަކާއި ނުލައި ޑިޕާރޓްމެންޓު އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލުގައި އިމްތިޚާން ކަރުދާސް ބަހައްޓާ " ރައްކާތެރި ކޮޓަރި " ގެ ސެކިޔުރިޓީ ބަލަހައްޓަންވާނެއެވެ. މިފަދަ އިމްތިޚާނުތަށް ސްކޫލުގައި އޮންނަ ދުވަސްވަރު ރައްކާތެރި ކޮޓަރީގެ ސެކިޔުރިޓީ ބަލަހައްޓަންޖެހޭ މުއްދަތު ސްކޫލުން ލިޔުމުން ޚިދުމަތްދޭ ފަރާތަށް އަންގަންވާނެއެވެ. މިފަދަ ތަނެއްގައި ސެކިޔުރިޓީ ނުބެލެހެއްޓިގެން އެއްވެސް އާދަޔާ ޚިލާފުކަމެއް ހިނގައިފިނަމަ އެކަމެއްގެ ޒިންމާ ސެކިޔުރިޓީ ބެލެހެއްޓުމާ ޙަވާލުވާ ފަރާތުން އުފުލަންޖެހޭނެއެވެ. 

1.18 ސްކޫލުގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިޙުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އެދޭގޮތެއްގެ މަތިން އިތުރުއަގަކާ ނުލައި ސެކިޔުރިޓީ ބަލަހައްޓައިދޭންވާނެއެވެ.

1.19 މިއުސޫލާއެއްގޮތަށް ސްކޫލުގެ ސެކުޔުރިޓީ ބަލަހަށްޓަން ފަރާތަކާއި ޙަވާލުކުރެވިފައިވަނިކޮށް ސަރުކާރުން އެސްކޫލެއް ޕުރައިވެޓްކޮށް ސްކޫލްހިންގުން އެހެންފަރާތަކާއި ޙަވާލުކުރެވިއްޖެނަމަ، އެސްކޫލެއް ސެކިޔުރިޓީ ބެލެހެއްޓުމާއި ޙަވާލުވެފައިވާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުން އުވާލެވޭނެއެވެ.

1.20 ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޑިޔުޓީ ގަޑިއަކީ ހަވީރު 5:00 ން ހެނދުނު 7:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކާއި، ސްކޫލުގެ ކިޔެވުން ނެތް ދުވަސްތަކުގައި 24 ގަޑިއިރު ޑިޔުޓީކުރަންވާނެއެވެ. ހަމައެއާއެކު ސްކޫލުގައި އޯލެވެލް އިމްތިހާނާއި، އޭލެވެލް އިމްތިހާނު  ހިނގާ ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީ ކުރަންވާނެއެވެ.

1.21 ހުށަހަޅާ އެސްޓިމޭޓުތަކަށް ޕޮއިންޓް ދެވޭނެ އުސޫލުތައް ތިރީގައި އެވަނީއެވެ.

1.21.1 ހުށަހަޅާ އަގަށް 70 ޕޮއިންޓް 

1.21.2ހުށަހަޅަ ފަރާތުގެ ތަޖުރިބާއަށް  18 ޕޮއިންޓް ( ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް )

1.21.3ތަމްރީން ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުން ކުރުމަށް 12 ޕޮއިންޓް ( 6 މީހުނާ ހަމައަށް މީހަކަށް 2 ޕޮއިންޓް )

1.21.4މަސައްކަތުގެ ތަޖުރިބާ ހުރިކަން ހާމަކޮށްދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުން އޭގެ ކުރިން ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދީފައިވާ ތަންތަނުން ދޫކޮށްފައިވާ މަސައްކަތް ކުރިކަން އަންގައިދޭ ލިޔުންތައް ހުށަހަޅަން ވާނެއެވެ.

1.22 ޑިޔުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭންވާނެއެވެ.

1.22.1ޑިޔުޓީގައި މަދުވެގެން އެއް ވޮޗަރު ހުންނަންވާނެއެވެ.

1.22.2ޑިޔުޓީގައި ހުންނަ މީހަކު އޮފީހުގެ ދިދަ ހެނދުނު 6 ޖަހާއިރު ނަގާ، އިރުއޮއްސި 6 ޖަހާއިރު ދިދަ ތިރި ކުރަންވާނެއެވެ.

1.22.3އަމިއްލަ ފަރުދުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް މިކަމަށް ކުރިމަތި ލެވިދާނެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން  ރަޖިސްޓްރީގެ ކޮޕީއާއި، ޖީ އެސް ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މާވަށުގެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

13 ޑިސެންބަރު 2018
ހޯދާ