ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިސްކޫލްގެ ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • ޑީ ބުލޮކުގެ (ދެބުރީ އިމާރާތުގެ) ކުލަ ކަހައި ކުލަލުން
  • ޕްރީސްކޫލް ކުދިން ކުޅޭ ސަރަހައްދުގައި އަވިދާ ދެމުން
  • ޖީ ބްލޮކްގައި (3 ބުރި އިމާރާތުގެ) ހަލާކުވެފައިހުރި އެލްމިނިއަމް ކުޑަދޮރުތައް މަރާމާތުކުރުން.

2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރ 16 އިން 2018 ޑިސެމްބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 ޑިސެމްބަރ 30 ވާ އާދީއްތަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.

6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2018 ޖަނަވަރީ 09 ވާ ބުދަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: [email protected]

 

‏5‏ ރަބީޢުލްއާޚިރު‏ 1440

12 ޑިސެންބަރު 2018
ހޯދާ