ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
2019ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުގައި ކުރަންޖެހޭ މަރަމާތު މަސައްކަތް ކޮށްދޭނެ ފަރަތައްހޯދުމާބެހޭ

ނަންބަރު:             GS160/2018/356

ޕަބްލިޝްކުރި ތާރީޚް:      12 ޑިސެމްބަރު 2018

ސުންގަޑި:             24 ޑިސެމްބަރު 2018 ، 13:00

އިޢުލާން

 

2019ވަނަ އަހަރުގެ ދިރާސީ އާއަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

    

          މިސްކޫލުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

 

1-      ދަރިވަރުންގެ އައުޓްޑޯ ކުޅޭ ސަރަހައްދު ނެޓްދާ ޖަހާ ހިޔާކުރުން.

2-      ކްލާސްރޫމްތަކާއި ސްޓާފްރޫމްގެ ކަރަންޓް ވައިރިން ރަނގަޅުކޮށް، ހޮޅިބުރި އަދި ތަންމަތިތައް ބަދަލުކުރުން.

3-      02 ފާހާނާގެ ޓޭންކް މަރާމާތުކުރުން.

4-      ސްކޫލްގެ 06 އޭސީ ސަރވިސްކުރުން.

5-      އޮފީސް އަދި ސްޓާފްރޫމްގެ ދޮރުފޮތި ބަދަލުކުރުން.

6-      އޮފީސް ލޮކަރ ޖެހުން.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިދެންނެވިފައިވާ ތާރީޚްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އެއް އިޢުލާނެއްގައި އޮތް ނަމަވެސް މީގެން ކޮންމެ މަސައްކަތަކީވެސް އެ ބޭފުޅެއް ބޭނުންވާ ވަކިވަކި މަސައްކަތްތަކެއްގެ ގޮތުގައި ނެގޭނެ މަސައްކަތްތަކެއްކަމުގައި ދަންނަވަމެވެ. ވީމާ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރުވެސް ހުށަހަޅުއްވަން ޖެހިލައްވާނީ އެ ބޭފުޅަކު ބޭނުންވާ ކޮންމެ މަސައްކަތަކަށްވެސް ވަކިންނެވެ.

ތަފްޟީލް

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އދ. ދިގުރަށު މަދަރުސާ

20 ޑިސެމްބަރ 2018

ބުރާސްފަތި

13:00

އަންދާސީހިސާބު ހުށަހެޅުން

އދ. ދިގުރަށު މަދަރުސާ

25 ޑިސެމްބަރު 2018

އަންގާރަ

13:00

          ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކުވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. އަދި މިކަމަށް ކުރިމަތި ލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ

ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީ ގެންނަންވާނެއެވެ.

  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

  • ·        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6680841 އާއި ގުޅުއްވުން އެދެމެވެ.

1440 D 5

                       12 ޑިސެމްބަރު 2018

 

 

12 ޑިސެންބަރު 2018
ހޯދާ