މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކުރުން

މި އިޢުލާންވަނީ 26 ޑިސެންބަރު 2018 13:24 ގައި ބާތިލް ކުރެވިފައެވެ.


`

 

 

 

މާއުނގޫދޫ ސްކޫލް

ށ. މާއުނގޫދޫ  

 

 

ނަންބަރު: GS106/IUL/2018/046

އިޢުލާން

 

އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކުރުން

މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް 5  އަހަރަށް ތައްޔާރުކޮށްދީ ރަށުން ލިބޭނެގޮތް އިންތިޒާމްކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 16 ޑިސެމްބަރު 2018 (އާދިއްތަ)

ތާރީޙް: 24 ޑިސެމްބަރު 2018 (ހޯމަ)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި  ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.

5 ރަބީޢުލްޢާހިރު 1440

12 ޑިސެމްބަރ 2018

 

 

 

 

 

12 ޑިސެންބަރު 2018
ހޯދާ