ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ސްކޫލް ސެކިއުރިޓީ ބެލެހައްޓައިދޭނެ ފަރާތެއް ހޯދުން

  • ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ:

މި ސްކޫލްގެ ނަންބަރު: GS-89/IUL/2018/41 (2018 ނޮވެމްބަރު 27) އިޢުލާން އަށް 3 ފަރާތަކުން އިޖާބަދެއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް

މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ

ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އެސްޓިމޭޓް ހުށައެޅުން

2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް.

2018 ޑިސެމްބަރު 25 ވާ އަންގާރަ ދުވަހުގެ 10:30 އަށް.

ނޮޅިވަރަންފަރު ސްކޫލްގައި

ނޮޅިވަރަންފަރު ސްކޫލްގައި

12 ޑިސެންބަރު 2018
ހޯދާ