ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރުގެ ދިރާސީ އާއަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- އާ އިމާރާތުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލުކުރުން
- އާ އިމާރާތުން ވެއްޓިގެން ހަލާކުވެފައިވާ އެލުމިނިއަމް ދޮރުފަތްތައް އަލުން ހެދުން
- ބީ ބްލޮކް ސައިންސް ލެބް އަދި ކޮމްޕިއުޓަރ ލެބްގެ ހަލާކުވެފައިވާ ކުޑަދޮރުތަކުގެ ޕެކިން އެޅުވުމާއި ހުޅުތައް ބަދަލުކުރުން
- ހެލްތް ރޫމްގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލުކުރުން
- ހޯލް ގެ ޕާޓިޝަން މަރާމާތުކުރުމާއި އިތުރު 1 ޕާޓިޝަން ހެދުން
- ވައިޓްބޯޑު މަރާމާތުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2018 ޑިސެމްބަރ 23 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލްގެ ލައިބްރަރީގައި |
2018 ޑިސެމްބަރ 26 ވާ ބުދަ ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލް ލައިބްރަރީގައި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580146 އަށް ގުޅުއްވުން އެދެމެވެ.