ދިވެހިރާއްޖެ
ކުނަހަންދޫ ސްކޫލް
ލ. ކުނަހަންދޫ / ދިވެހިރާއްޖެ
ނަމްބަރު: GS-184/IUL/2018/27
އިޢުލާން
ކުނަހަންދޫ ސްކޫލްގެ ގޯތިތެރޭގައި ދުވާރު އަޅައިދޭނެ ފަރާތެއް ހޯއްދުން
މި ސްކޫލްގެ ނަމްބަރ GS-184/IUL/2016/19 އިޢުލާނާއި ގުޅިގެން މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ، މައުލޫމާތު ސާފުކޮށް، އެސްޓިމޭޓު ހުށައެޅިފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކޮށް އެގުރިމެންޓު ކުރެވުނު ފަރާތުން އެމަސައްކަތް، ކަނޑައެޅިފައިވާ މުއްދަތަށް ނިއްމާފައި ނުވާތީވެ، އެ ގުރިމެންޓު އުވާލައި މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2018 ޑިސެންބަރު 18 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޑިސެންބަރު 23 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެބޭފުޅަކު ފޮނުއްވި ފަރާތުގެ ލިޔުމަކާއި، ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6800744 އާއި ގުޅުއްވުން އެދެމެވެ.
05 ރަބީޢުލްއާޚިރު 1440
12 ޑިސެމްބަރ 2018
ޢަލީ ޙުސައިން
ޕުރިންސިޕަލް