ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއިން 11 ޑިސެމްބަރ 2018 ގައި ޝާއިޢުކުރި ނަންބަރު: IUL)141-HR/141/2018/286) (އެޑްމިނިސްޓްރޭޓިވް އޮފިސަރ) ގެ
އިޢުލާން ބާޠިލްކޮށް،އިޢުލާނުގައި ހިމަނަންޖެހޭ މަޢުލޫމާތެއް ހިމެނިފައިނުވާތީވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.
| 
 މަގާމު:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-246672  | 
| 
 ބޭނުންވާ އަދަދު:  | 
 އެކެއް (1)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ.އެސް 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 ޔޫތު ޑިޕާޓްމެންޓް  | 
| 
 މަޤާމް އޮތް އޮފީސް:  | 
 މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ، ކ.މާލެ  | 
| 
 މުސާރަ:  | 
 މަހަކު 4465.00 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް: ސަޕޯޓިންގ ކޯ އެލަވަންސް :2  | 
 މަހަކު 1500.00 ރުފިޔާ މަހަކު: 700.00 ރުފިޔާ 
  | 
| 
 އިތުރު ޢިނާޔަތްތައް:  | 
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:  | 
 1- ޖެމްސް ޗެކްކޮށް ލިބޭތަކެތި ސެކްޝަންތަކަށް ރޫޓުކުރުން. 2- ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ، ކަމާއި ގުޅޭ ސެކްޝަންތަކަށް ޕާސްކުރުން. 3- އަންނަ ސިޓީއާއި ތަކެތި ފޮތުގައި ލިޔުމަށްފަހު ސެކްޝަންތަކަށް ޙަވާލުކުރުން. 4- އެކިއެކި ކަންކަމުގެ މިނިސްޓްރީއަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން. 5- އެކިއެކި ކަންކަމުގައި މިނިސްޓްރީން ދޫކުރާ ފޯމްތައް ދޫކުރުމާއި ބަލައިގަތުން. 6- ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން. 
 7- ވަޒީފާއަދާކުރުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުން. 
  | 
| 
 
 މަޤާމުގެ ޝަރުތުތައް: 
  | 
 
 1- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެމްބަރ ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3327162 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ޑިސެމްބަރ 2018 އާއި 20 ޖަނަވަރީ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  | 
11 ޑިސެމްބަރ 2018
