ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)310-MS/310/2018/44އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީވެ އެ އިޢުލާނު ބާތިލްކޮށް، މިރަށުގެ ބަނދަރާއި މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެމްބަރު 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ހުށަހެޅުން އޮންނާނީ 23 ޑިސެމްބަރު 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ އެއްވެސް ފަރާތަކަށް ބިޑް ކުރެއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބިޑް ހިއްޕަވައިގެން ވަޑައިގަންނަވާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
އަންދާސީ ހިސާބު (ބިޑް) ގައި މާކުސްދެވޭނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.
- މަސައްކަތުގެ އަގު %85
- މާލީ ތަނަވަސްކަން
- ތަޖުރިބާ %5
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.