ދިވެހިރާއްޖެ
c
ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ނިލަންދޫ
ދިވެހިރާއްޖެ
ނަންބަރ:IUL)GS-37-B/GS-37/2018/35)
އިޢްލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު
މި މަރުކަޒުގެ ކަރަންޓް ވިއުގަ މަރާމާތުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން. |
އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި |
މައުލޫމާތު ސާފުކުރެއްވުން. |
19 ޑިސެމްބަރ ވާ ބުދަ ދުވަހުގެ 10.00 ގައި |
އަންދާސީ ހިސާބުހުށަހެޅުމާއި،އަންދާސީހިސާބު ކެޑުން. |
26 ޑިސެމްބަރ ވާ ބުދަ ދުވަހުގެ 10.00 ގައި |
މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
11 ޑިސެމްބަރ 2018