ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ދަރިވަރުންގެ ފާޚާނާތައް މަރާމާތުކުރުމާއި ބެހޭ

                                                                 GS66/IUL/2018/48

އިޢުލާން

 

ސްކޫލްގެ ދަރިވަރުންގެ ފާޚާނާތައް މަރާމާތުކުރުމާއި ބެހޭ

 

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާތައް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި: 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު  13:00

ތަން:       ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 23 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 13:00

ތަން:       ތޮއްޑޫ ސްކޫލް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 / 9996638 ނަމްބަރ ފޯނާއެވެ. 

11 ޑިސެންބަރު 2018
ހޯދާ