ދިވެހިރާއްޖެ
`
ފޯކައިދޫ ސްކޫލް
ށ.ފޯކައިދޫ، ދިވެހިރާއްޖެ
ނަމްބަރ:GS-107/2018/18
އިޢުލާން
2019 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިގަތުމަށްޓަކައި ކުރަންޖެހޭ މަރާމާތު
2019ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިގަތުމަށްޓަކައި މިސުކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ކުލާސްރޫމް 1 ، 2 ، 3 ، އަދި 4 ގެ ފަންކާތަށް ބަދަލުކުރުން.(16 ފަންކާ).
- ކުލާސްރޫމް 8އަދި 9އިން ހަލާކުވެފައިހުރި ދޮރުތައް ބަދަލުކުރުން(އެލްމެނިއަމް).
- ލައިބްރަރީ އިމާރާތުގެ އިރުމަތީކޮޅު ނަލަފިލާ ބަދަލުކުރުން.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ 10:00އަށް މިސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ސުކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެކަން އެނގޭނޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
11 ޑިސެމްބަރ 2018
4 ރަބީޢުލްއާޙިރް 1440