ދިވެހިރާއްޖެ
އިޢުލާން
މާލެ ސިޓީގެ މިސްކިތްތަކުގައި ހުކުރުނަމާދާއި ،ޢީދުނަމާދާއި،ކޭތަ ނަމާދުކުރާނެ ފަރާތްތައް ހޯދުން:
މާލެސިޓީގެ މިސްކިތްތަކުގައި ހުކުރުނަމާދާއި،ޢީދު ނަމާދާއި،ކޭތަނަމާދު ކުރާނެ ޚަޠީބުން ބޭނުންވެއެވެ.
ވީމާ،ހުކުރު ހުއްދަ ލިބިފައިވާ ފަރާތްތަކުން 30 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިކަމަށްއެދި ސިޓީއަކުން ( ގުޅޭނެ މޯބައިލް ނަންބަރ ހިމަނާފައި ) މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ހުކުރު ކުރުމަށް އެދޭ ފަރާތްތަކަށް އިންޓަވިއުއެއް ދެވޭނެއެވެ. އިންޓަވިއު އޮންނަ ދުވަހާއި ގަޑި މި މިނިސްޓްރީން އަންގާނެއެވެ.
ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި:
1 ދީނީގޮތުން އެންމެމަތީން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
2 އިމާމްވެ ހުކުރު ނަމާދު ކުރުމާއި ޢީދު ނަމާދު ކުރުމުގެ ހުއްދައިގެ ކޮޕީ
3 ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑްގެ ކޮޕީ
ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ރަބީއުލްއާޚިރާ 1440
10 ޑިސެމްބަރ 2018
